ކެޓްރީނާ ބުނަނީ ކައިވެނީގެ ތައްޔާރީތައް ވާން ވިކީއަށް ވަގުތު ނުވާ ކަމަށް!

މިދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ބޮލީވުޑުގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކައެވެ.
ކެޓްރީނާ އަދި ވިކީގެ ކައިވެނި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އޮންނަ ކަމަށް އިންޑީއާގެ ނޫސްތަކުން ބުނަމުން ދާއިރު ކައިވެނީގެ ތައްޔާރީތަކުގައި ކެޓްރީނާ އަވަދިނެތި އުޅެމުންދާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައެވެ.
ކައިވެނީގެ ތައްޔާރީތައް ވުމަށް، ކެޓްރީނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ސޫރިޔަވަންޝީ" އަށް ފަހު މަސް ދުވަހުގެ ޗުއްޓީއެއް ނަގާފައި ވާއިރު ކައިވެނީގެ ތައްޔާރީތަކަށް ވިކީއަށް އެއްވެސް ވަގުތެއް ނުވާ ކަމަށް ކެޓްރީނާ ބުނެއެވެ.
ވިކީގެ ވަރަށް ގާތް މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ ވިކީގެ ކޮއްކޮ ސަނީ ކޯޝަލް އަދި މަންމަ އަވަދިނެތި ކައިވެނީގެ ތައްޔާރީތައް ވަމުން ދާ ކަމަށާއި އެމީހުން ދަނީ އެންމެ ފަހުގެ މައުލޫމާތުތައް ވިކީއަށް ހިއްސާ ކުރަމުން ކަމަށެވެ.
މީގެ އިތުރުން ވިކީ އަވަދިނެތި މަސައްކަތުގައި އުޅެމުން ދާއިރު ކެޓްރީނާ، ވިކީގެ އާއިލާއާއެކު ކައިވެނީގެ ކަންކަން ފައިނަލް ކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކެޓްރީނާ އަދި ވިކީގެ ކައިވެނީގެ އިންތިޒާރުގައި ސަޕޯޓުން ތިބިއިރު މިކަން އަދި ރަސްމީކޮށް ދެމީހުން ކުރެ އެކަކުވެސް އިއުލާނު ކޮށްފައެއް ނުވެއެވެ. ރިޕޯޓުތަކުން ބުނާގޮތުަން ވަރަށް އަވަހަށް ވިކީ އެ ހަބަރު ސަޕޯޓަރުންނާ ހިއްސާކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ