ލީކުވި އޯޑިއޯތަކުން އަޑު ދިމާވަނީ ގާޒީ ފާއިޒުގެ އެކަނި: ޖޭއެސްސީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށްބުނެ ލީކުވި އޯޑިއޯތަކުގެ އަޑާ ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެެވެ. ޖޭއެސްސީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަށް ބުނާ އޯޑިއޯތަކުގައި އިވެނީ އެ ދެ ގާޒީންގެ އަޑު ނޫން ކަމަށެވެ. އަދި އެ ދެ ގާޒީންގެ މައްޗަށް އުފައްދައިފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް، އެ ދެ ގާޒީންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެ ބަޔާނުގައި އިތުރަށް ވަނީ، ފޮރެންސިކް ތަހުގީގަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް ރެކޯޑިންގައި ވާ ވަކި ބައެއް ޑިލީޓުކޮށް ނުވަތަ ވަކި ކްލިޕުތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ. ގާޒީ އަލީ އާދަމް، ހުސައިން ފާއިޒު ރަޝާދު އަދި މުހައްމަދު ސަމީރު މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕަރ ކޮށްފައިވާ އޯޑިއޯއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ އޯޑިއޯގައި އިވެނީ ގާޒީ ފާއިޒުގެ އަޑުކަމަށް އޭނާ އިންކާރު ކުރިކަމުގައި ވިޔަސް، އޯޑިއޯގެ އަޑާ އޭނާގެ އަޑު ދިމާވާކަމަށް އޯޑިއޯ އެނަލެސިސްއިން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ޖޭއެސްސީން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ނިންމާ ތަހުގީގު ކޮމެޓީއެއް އެކުލައިލައިފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ