އުރީދޫއާއި ޕަރސަނަލް ކޮމްޕިއުޓަރސް ގުޅިގެން ސްކޫލް ކުދިންނަށް ޚާއްޞަ "ބެކް ޓު ސްކޫލް" އޮފަރ އެއް މިއަދު އިއުލާން ކޮށްފިއެވެ.
އުރީދޫއިން މަޢުލޫމާތު ދެއްވާގޮތުގައި އޮފަރ ގެ މަގްސަދަކީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ހުޅުވާލުން ކަމަށް އުރީދޫއިން މަޢުލޫމާތު ދެއެވެ.
"ޕެންޑެމިކްގެ ސަބަބުން އަޅުގަނޑުމެން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓް ގެ ޚިދުމަތް މިވަނީ މުހިންމުވެފައި. އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕަރސަނަލް ކޮމްޕިއުޓަރސް އާއެކު މި ލޯންޗް ކުރި އޮފަރ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި އަހަރަކަށް އެދެން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.
މިއަދު މި ލޯންޗްކުރި "ބެކް ޓު ސްކޫލް" އޮފަރ ގެ ދަށުން ޕަރސަނަލް ކޮމްޕިއުޓަރސްއިން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ.
ލެޕްޓޮޕާއެކު ހިލޭ ލިބޭ މައިފައި ޑިވައިސް މެދުވެރިކޮށް ރީޗާރޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބެއެވެ.
ހަމައެހެންމެ، ޕާސަނަލް ކޮމްޕިއުޓަރސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފަރގައި ވަނީ ހިމެނިފައެވެ.
އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފަރ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެކަމަށް އުރީދޫއިން މަޢުލޫމާތު ދެއެވެ.
އުރީދޫ އާއި ޕަރސަނަލް ކޮމްޕިއުޓަރސް ގުޅިގެން ސްކޫލް ކުދިންނަށް ހާއްސަ އޮފަރއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ