ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން, މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވަން ނިންމަވައިފި އެވެ.
ދުންޔާ އެންމެ ފަހުން ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައިގެން އުފެއްދި ދިވެހި ރައްޔިތުންގެ ހަރަކާތުގަ އެވެ. އެ ހަރަކާތް އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީވެސް ދުންޔާ އެވެ.
އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމެވިކަން އިއުލާން ކުރައްވައި ދުންޔާ ޓުވިޓާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ, އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި އެންމެ ބޮޑު ބޭނުމަކީ ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށާއި އެޕާޓީ ތެރޭގައި ހުޅުވިފައިވާ ފުރުސަތުތަކެއް ހުރިހާ ބޭފުޅުންނަށްވެސް އެބަ އޮތް ކަމަށެވެ.
”މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުންކުރަން އަޅުގަނޑު ބޭނުންވޭ. ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ހާއްސަކޮށް ބެލެންސް ފޮރިން ޕޮލިސީއެއް ރާއްޖޭގައި އޮތުމަަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް،“ ދުންޔާ ވިދާޅުވި އެވެ.
ދުންޔާ އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު, ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުވެސް ވަނީ އެޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަދި އުމަރުގެ އަރިހުގައި ހުންނެވި, އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ވިޔަފާވެރިޔާ އަލީ ހުސެއިންވެސް ވަނީ އެމްއެންޕީއަށް ސޮއިކުރައްވަން ނިންމަވައިފަ އެވެ.
އުމަރު ދޫކުރައްވައި ދުންޔާވެސް އެމްއެންޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ