އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި، ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ކުރީގެ ވަޒީރު އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް ހާސިލު ކުރައްވާފައިވާ އުމަރު ޒާހިރު ވަނީ ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަސް ވަންދެން ހިދުމަތް ކުރައްވާފައެވެ. https://sun.mv/160299 އުމަރު ޒާހިރު ވަނީ މިނިސްޓާ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސާވިސަސް ކަމުގެ މަގާމާއި، މިނިސްޓާ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސް ކަމުގެ މަގާމާއި، މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ މަގާމު ވެސް ފުރުއްވާފައިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަންވެސް އުމަރު ޒާހިރު ކުރެއްވިއެވެ. މިމަހުގެ ކުރީކޮޅު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން އުމަރު ޒާހިރު އުޅުއްވީ އާލާސްކަންފުޅާއެވެ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަކީ އޭނާގެ އަމިއްލަ ހަރަދުގައި ބިނާ ކުރެއްވި މިސްކިތް ހުޅުވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ