މާދަމާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން އެމަނިކުފާނާ ދެކޮޅަށް މިފަހަރުވެސް ޗެމްބަރުގައި އިހުތިޖާޖް ކުރަން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފިއެވެ. އެމްޑީޕީން މިގޮތަށް ނިންމާފަމިވަނީ މިއަދު މެންދުރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމާއި ބެހޭ ގޮތުން މާގިނަ މައުލޫމާތުތަކެއް އެމްޑީޕީން އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ މާދަމާ ރިޔާސީ ބަޔާން އިއްވުމަށް ޖަލްސާގައި އެމްޑީޕީން ރައީސް ވަހީދާއި ދެކޮޅަށް އިހުތިޖާޖް ކުރަން ނިންމާފައިވާ ކަމަށާ އަދި އެކަމާ ދެކޮޅަށް އިތުރު ހަރަކާތްތަކެއްވެސް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިރޭ އެކަންކަން އިއުލާން ކުރައްވާނެ ކަމަށެވެ.
ރައީސް ވަހީދު މަޖިލީހަށް ވަޑައިގެންނެވުމުން ރިޔާސީ ބަޔާން އިއްވިޔަ ނުދީ އިހުތިޖާޖު ކުރުމަށް ނިންމާފައިވާ އިރު އެމްޑީޕީންވަނީ މިދިޔަ އަހަރު ވެސް ރައީސް ވަނީ ވަހީދަށް ހުރަސްއަޅާފަ އެވެ.
ޑީއާރްޕީ ފަހަތަށް ޖައްސާލައި ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށް އަނެއްކާވެސް ޕީޕީއެމް ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާރު ޑީއާރްޕީގައި ތިބީ 21982 މެންބަރުންނެވެ. އެއީ ޕީޕީއެމްއަށްވުރެ 842 މެންބަރުން މަދު އަދަދެކެވެ. ދަފުތަރު ދައްކާ ގޮތުން މިހާރު ޕީޕީއެމްގައި ތިބީ 22824 މެންބަރުންނެވެ.
އެންމެ ބާރަށް މެންބަރުން އިތުރުވަމުން އަންނަނީ ޖުމުހޫރީ ޕާޓީއަށެވެ. އެ ޕާޓީގައި މިހާރު 12431 މެންބަރުން ތިބި އިރު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ފޯމުތަކުގެ ތެރެއިން 522 ފޯމް އަދިވެސް ޕެންޑިންގައި އެބައޮތެވެ. ޖުމުހޫރީ ޕާޓީން ގެންދަނީ މެންބަރުން އިތުރު ކުރުމުގެ ގޮތުން މިހާރުވެސް އަތޮޅު ތެރެއަށް ގިނަ ދަތުރުތަކެއް ކުރަމުންނެވެ.
ކޮމިޝަނުގެ ދަފުތަރުގެ ދައްކާގޮތުން ދިހަހާސް މެންބަރުންނަށް ވުރެ މެންބަރުން ގިނަކޮށް ތިބީ ހަތަރު ޕާޓީއެއްގަ އެވެ. އެއީ ޖުމުހޫރީ ޕާޓީއާ ޕީޕީއެމާއި ޑީއާރްޕީ އާއި އެންމެ ބޮޑު ޕާޓީ އެމްޑީޕީ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިދިއަ ހަފުތާގައި އެންމެ ގިނަ މެންބަރުން ވަކި ވެފައިވަނީ އެމްޑީޕީންނެވެ. އެމްޑީޕީން 421 މެންބަރުން ވިއެވެ.
މިފަހަރު ވެސް ރިޔާސީ ބަޔާން އިއްވަން ހުރަސް އަޅާނެ: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ