އަދާނީ ގްރޫޕުން އާ އެއާލައިނެއް އުފެއްދުމަށް ވިސްނަނީ

އިންޑިއާގެ މަޝްހޫރު މަހުޖަނު ގޯތަމް އަދާނީގެ 'އަދާނީ ގްރޫޕް' އިން އާ އެއާލައިނެއް އުފެއްދުމަށް ވިސްނަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ. މިކަމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަދާނީ މިކަމަށް ވިސްނަން ފެށީ އިންޑިއާ ސަރުކާރުން އެ ގައުމުގެ ބޮޑެތި ވިޔަފާރިތަކަށް އެއާލައިން އުފެއްދުމަށް ބާރުއެޅުމާ ގުޅިގެންނެވެ. ސަރުކާރުން މިގޮތަށް ބާރުއަޅާފައިވަނީ، މިދިޔަ އަހަރު އެއާ އިންޑިއާގެ ބޯޓެއް ވެއްޓުނު ހާދިސާއާއި، މާކެޓުގެ އެންމެ ކުރީގައި އުޅޭ އިންޑިގޯއަށް ދިމާވި އޮޕަރޭޝަނަލް މައްސަލަތަކާ ގުޅިގެން ކަމަށް މަސްދަރުތަކުން ބުނެއެވެ. އެއާ އިންޑިއާގެ ފްލައިޓް ވީއައިއޭއަށް ޖައްސަނީ -- ފޮޓޯ: އެމްއޭސީއެލް އިންޑިއާގެ އޭވިއޭޝަން މާކެޓުގެ 65.4 އިންސައްތަ ކޮންޓްރޯލްކުރަނީ އިންޑިގޯއިންނެވެ. އަދި އެއާ އިންޑިއާގެ ހިއްސާއަކީ 25 އިންސައްތައެވެ. އަދާނީ ގްރޫޕުން މިހާރުވެސް އިންޑިއާގެ އަށް އެއަރޕޯޓެއް ހިންގަމުން އަންނައިރު، މީގެ ކުރިން އެ ގްރޫޕުން ބުނެފައިވަނީ އެއާލައިން ވިޔަފާރިއަށް ވަނުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ. ނަމަވެސް، އަދާނީ ގްރޫޕުން މިހާރު އަންނަނީ މި ވިޔަފާރިއަށް ވަނުމަށް ހުރި ފުރުސަތުތައް ދިރާސާކުރަމުންނެވެ. މީގެ ތެރޭގައި މިހާރު ހިންގަމުން އަންނަ އެއާލައިނެއްގެ ހިއްސާ ގަތުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެއާޕޯޓު ހިންގާ ފަރާތްތަކަށް އެއާލައިންތަކުގެ ހިއްސާ ނުގަނެވޭ ގޮތަށް އޮންނަ ގަވާއިދު ބަދަލުކޮށްދިނުމަށް އަދާނީ ގްރޫޕުން ސަރުކާރުގައި އެދިފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ގާތްގަނޑަކަށް 89 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް ގޯތަމް އަދާނީގެ ކުންފުނިން އެއާލައިނެއް އުފެއްދުމާމެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ