ކޮންގްރެސް ބާއްވަން ޑީއާރްޕީން ވޮލަންޓިއަރުން ހޯދަނީ

އަންނަ މަހު ބާއްވާ ޑީއާރްޕީގެ ކޮންގްރެސް އަށް ތައްޔާރުވުމަށް ވޮލަންޓިއަރުން ހޯދަން އެ ޕާޓީން އިއުލާންކޮށްފި އެވެ.
ޑީއާރްޕީން ބުނީ އެ ޕާޓީގެ ކޮންގްރެސްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ކޮންގްރެސްގެ ކަންކަމަށް ވޮލަންޓިއަރުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ރިލޭޝަން އާއި ލޮޖިސްޓިކްގެ އިތުރުން އިދާރީ ދާއިރާ ހިމެނޭ ކަމަށެވެ.
"ވީހާވެސް ގިނަ އަދަދަކަށް އަޅުގަނޑުމެން ވަނީ ވޮލަންޓިއަރުން ބޭނުންވެފައި. އެކަން ކުރެވޭނެ އިންތިޒާމެއް ވެސް ހަމަޖައްސާފައި އޮންނާނީ،" ޑީއާރްޕީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޑީއާރްޕީގެ ކޮންގްރެސް ބާއްވަން ކުރިން މި ހަފުތާގަ އެވެ. ނަމަވެސް އެޕާޓީން މިހާރު ކޮންގްރެސް ފަސްކޮށްފައި ވަނީ އޭޕްރީލްގެ މެދުތެރެ އަށެވެ. ކޮންގްރެސް ފަސްކުރީ، ބާއްވާނެ ޖާގައެއް ނުލިބިގެނެވެ. ޑީއާރްޕީގެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ އިތުރުން ހުސްކޮށް އޮތް ތިން ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ