މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަދު ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، މިނިވަންދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މިއަހަރު ޚާއްޞަ އިނާމު ލިބިވަޑައިގަތީ 21 ބޭފުޅަކު ހިމެނޭއިރު އެބޭފުޅުންގެ ތެރޭގައި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 16 ބޭފުޅުންނާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިންކުރުމަކުން މަތީވަނަ ނުވަތަ ޝަރަފް ހޯއްދެވި އެއްބޭފުޅަކާއި، މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅަކާއި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން ތިންބޭފުޅަކަށެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 16 ބޭފުޅުންނަކީ:
ބެޗްލަރސް ޑިގްރީ:
ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް:
އަލްފާޟިލް ފަތުޙުﷲ އަޙްމަދު ހއ. އިހަވަންދޫ މޫރިތިގެ
މާސްޓަރޒް ޑިގްރީ:
ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މައްޗަންގޮޅީ ހިރިކުއްޅަގޭ އަލްފާޟިލް އިސްމާޢީލް ރަޝީދެވެ.
މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހާސިލުކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ގަލޮޅު ނަންކުރާ ކާނަލް އަޙްމަދު ނަސީމެވެ.
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ރޮނގުން ދިވެހިބަހުގެ ބަހުރުވަތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ބަހުރުވަތަކުގެ އަދަބީ ބަސްފޮތް ލިޔުމުގެ މުބާރާތުގެ 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާއިން 1 ވަނަ ހާސިލުކުރެއްވީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ވާދީގޭ އަލްފާޟިލާ ޔާސްމީން ނަޞީރެވެ. ދިވެހިބަހުގެ ބަހުރުވަތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ބަހުރުވަތަކުގެ އަދަބީ ބަސްފޮތް ލިޔުމުގެ މުބާރާތުގެ 35 އަހަރުން މަތީގެ އުމުރުފުރާއިން 1 ވަނަ ހާސިލު ކުރެއްވީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އަލިދޯދި އަލްފާޟިލް ޢަބްދުﷲ ޢަފީފެވެ. ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ދާއިރާއިން، ކުނަލާއި ކުނަލުން ތަކެތި އުފެއްދުމުގެ މުބާރާތުން 1 ވަނަ ހާސިލު ކުރެއްވީ، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ހެޕިނަސް އަލްފާޟިލާ ޝަމްސިއްޔާ ޙަސަނެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންނަށާއި، މިއަހަރު ބޭއްވުނު މަތީ ޘާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން [އެކައުންޓިންގ] މިމާއްދާއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބެޖް ދެއްވިއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލު ކުރެއްވި ޙާފިޡުންނަކީ، މައްޗަންގޮޅީ ވެލަވަރުވިލާ އަލްޙާފިޡް ޢައްޒާމް ޙަލީމާއި، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ލިލީމާގޭ އަލްޙާފިޡާ ފަހީމާ ޢަބްދުﷲ އާއި، މާފަންނު ލަކީލާސްޓް އަލްޙާފިޡާ ރިފްދާ މުޙައްމަދު ރަޝީދެވެ.
މިއަހަރު ބޭއްވުނު މަތީ ޘާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން [އެކައުންޓިންގ] މި މާއްދާއިން 1 ވަނަ ހާސިލުކުރި 11 ދަރިވަރުންނަކީ ނިލަންދެއަތޮޅު ދެކުނުބުރީ ބިލެތްދޫ ސްކޫލްގެ ދަރިވަރު ބިލަތްދޫ ހިޔާ ޙަސަން ނިދާމާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން ކަމަށްވާ މާލެއަތޮޅު މާފުށީ ޖަރމަނީގޭ އާމިނަތު އީނާޝް، ކޮޅުމަޑުލު ވިލުފުށީ ހަވީރީގޭ ޙައްމާދު ސުލައިމާން، ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ގުލްޝަން ބަހާރު ޙަސަން މުޙައްމަދު، ތިލަދުންމަތީ އުތުރުބުރީ ކެލާ ޝަބްނަމްގޭ ޖޫޒާން ޚަލީލު، ފެލިދެއަތޮޅު ކެޔޮދޫ ވެނީލާގޭ ނާއިޝް މުޙައްމަދު ނަޢީމް އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ ދަރިވަރުން ކަމަށްވާ އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ނޫވިލާގޭ ޢާއިޝަތު ލިއުޝާ އާއި، މައްޗަންގޮޅީ ރަންމާ ޢާއިޝަތު ނަވާލް ނިޒާރާއި، ހެންވޭރު އީސްޓްލައިޓް މައުވާ އިބްރާހީމާއި، ހައްދުންމަތީ ކުނަހަންދޫ ރޯޒްވިލާ މުޙައްމަދު ފާތިޙާއި، މ.ރަފްސާން މުޙައްމަދު އިޙްސާން އަޙްމަދެވެ.
ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ދަރިވަރަކީ ހެންވޭރު ހަތިހާ މަރްޔަމް ފާތިކާ ފަޔާޟެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ