އުމަރު ބޭނުންވި އަމުރު ކޯޓަކުން ނުދިން

ޕީޕީއެމް ޕްރައިމަރީއާ ގުޅިގެން ޕާޓީ ތެރޭގައި ހިނގާ ކަންކަން ހުއްޓުވުމަށާއި ޕީޕީއެމް ޕްރައިމަރީއާ ގުޅުން ހުރި އެއްވެސް މީހަކު ޕާޓީން ވަކި ނުކުރެވޭނެ ކަން ކަނޑައަޅައި ދިނުމަށް އުމަރު ނަސީރު އެދި ވަޑައިގެންނެވި އަމުރު ސިވިލް ކޯޓުން ނެރެއް ނުދިނެވެ.
އުމަރު ނަސީރަކީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އަބްދުﷲ ޔާމީނާ ވާދަ ކުރައްވާ ނާކާމިޔާބުވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭގެ ފަހުން އނާ އަމުރަކަށް އެދި ވަޑައިގެން ސިވިލް ކޯޓަށް ހުށަހެޅުއްވުމުން މިއަދު އެ ކޯޓުން ނިންމާފައި ވަނީ އުމަރުގެ ފަރާތްޕުޅު އެދި ވަޑައިގެންނެވި އަމުރު ނެރެދެވެން ނެތް ކަމަށާއި އުމަރު ބަޔާން ކުރާ ކަންކަމާއި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފާނެ ކަމަށްޓަކައި ޕްރައިމަރީއާ ގުޅުން ހުރި ކަންކަން ހުއްޓާލަން އަންގަން ޖެހޭ ސަބަބެއް ވެސް ޝަރީއަތަށް ސާފު ނުވާ ކަމަށެވެ.
އުމަރާއި އޭނާއަށް ތާއީދު ކުރާ މީހުނަށް ފިޔަވަޅު އެޅުމަށް ސުލޫކީ ކޮމެޓީއަށް ހާޒިރުވާން އަންގާފައިވާތީ، ސިވިލް ކޯޓްގެ ގަޒިއްޔާ ފައިސަލާ ކުރުމުގެ ކުރިން ފިޔަވަޅު އަޅައިފިނަމަ އުމަރާއި އޭނާއަށް ތާއީދު ކުރާ މީހުންގެ ހައްގު ގެއްލި އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެ ކަމަށް ބުނިނަމަވެސް އަމުރާ ގުޅުގެން މިއަދު ނިންމި ނިންމުމުގައި ބުނަނީ އެފަދަ ވަގުތީ އަމުރަކަށް އެދިފައި ވިޔަސް ދައުވާ ކުރާ ފަރާތާއި ލިބޭ ފަރާތުން ޝަރީއަތަށް ހުށަހަޅާ ހެކިތަކާއި ބަޔާންތަކަށް ނަޒަރު ކުރިއިރު ޕީޕީއެމްގެ އެތެރޭގެ ހިންގުމުގެ ނިޒާމުގެ ރޭވިފައި އޮތް ގޮތުން ސުލޫކީ ކޮމެޓީގެ ނިންމުން އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅުމުގެ ފުރުސަތު އޮންނަކަން އެނގޭ ކަމަށެވެ.
އަދި އެ ކޮމެޓީގެ އިސް ފަރާތަކީ ވަކި ފަރާތެއްގެ ނުފުޒުގައިވާ ފަރާތެއް ކަމަށް ބުނުމަކީ އެކަން އެކަން އެގޮތުގައި އޮތްކަން ދަލާލާތު ކޮށްދޭ ކަމެއް ނޫން ކަމަށާއި އެނޫން ގޮތަކަށް ކަންކަން ހިނގާކަން ސާބިތުކޮށްދޭ ހެކި އުމަރު ހުށަހެޅިފައި ވެސް ނުވާ ކަމަށެވެ.
އެހެން ކަމުން ޕީޕީއެމްގެ ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީ ހިނގަމުންދަނީ ޕާޓީގެ ނިޒާމުތައް ހިންގަނެ ޖެޙޭ ގޮތަށް ކަމުގައި ބަލަން ޖެހޭ ކަމަށާއި އުމަރު ނަސީރަށް ތާއީދު ކުރާ ފަރަތްތަކާމެދު ޕީޕީއެމުން ފިޔަވަޅު އަޅާފާނެ ކަމަށްޓަކައި ޕީޕީއެމްގެ ޕްރައިމަރީއާ ގުޅިގެން ހިންގާ ކަންކަން ހުއްޓާލަން އަންގަން ޖެހޭ ސަބަބެއް ސާފު ނުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމަކީ އަދުލުވެރި ކަމާ އެންމެ ގާތްގޮތް ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ.
އަދި ބުނެފައި ވަނީ ވަގުތީ ފިޔަވަޅު އެޅުމުގައި ފުރިހަމަވާން ޖެހޭ ކަމަށް ސުޕްރީމް ކޯޓުންގެ ހުކުމަކުން ފާހަގަކޮށްފައިވާ ކަންކަން ވަގުތީ އަމުރަށް އެދި އުމަރު ހުށަހަޅާފައިވާ ހުށަހެޅުމުގައި ފުރިހަމަ ނުވާތީ އުމަރު އެދުނު އަމުރު ނެދޭނެ ތަނެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ