ހޮނޑައިދޫން ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ދައުވާ ލިބޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހާމިދު އަބުދުލް ޣަފޫރާއި، ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ދަރިކަލު ހަމްދާން ޒަކީ ގެމައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގައި މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ކަމަށެވެ.
ހަމްދާނާއި ހާމިދު މައްސަލާގައި ކޯޓުގައި އެންމެ ފަހުން ތާވަލް އަޑުއެހުން ވެސް ނުބާއްވައި ވަނީ ކެންސަލް ކޮށްފަ އެވެ. އެދުވަހުގެ އަޑުއެހުން ކެންސަލްކުރީ ޝަރީއަތުގެ މަޖިލީހުގެ ގަޑިޖެހުނު އިރުވެސް ހާމިދު ކޯޓަށް ހާޒިރުވެ ވަޑައިގެންފައި ނުވާތީ ކަމަށެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވަމުން ހާމިދު ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
ހޮނޑައިދޫގައި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރަށް ވެސް ކޯޓުގެ ޗިޓު ހަވާލު ނުކުރެވުމުން ކޯޓުގެ ތިން އަޑުއެހުމެއް ވަނީ ކެންސަލް ކޮށްފައެވެ. އެންމެ ފަހުން ކޯޓުގައި ތާވަލްކުރި އަޑުއެހުން ބޭއްވީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ބަހަށްޓައިގެން ޖާބިރު ވަނީ ކޯޓަށް ހާޒިރު ކޮށްގެނެވެ.
ހޮނޑައިދޫ އިން ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށް ސުވާލުކޮށްފައިވަނީ ހާމިދުއާއި، ޖާބިރުއާ ޖާދުﷲ ގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސުޕެޝަލް އެންވޯއީ ހ. ހުޅުގަލި އިބްރާހިމް ހުސައިން ޒަކީއާ އޭނާގެ ދަރިކަލުން ގ. ހިލިހިލާގެ ހަމްދާން ޒަކީ އާއި، މުހައްމަދު ޒުހައިރާއި އަދި އޭނާގެ އަނބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒުއަށެވެ.
ގާޒީ ޗުއްޓީ ނެގުމުން ހާމިދާއި ހަމްދާނުގެ ޝަރީއަތް ނުބޭއްވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ