ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ މައުމޫން

މުޙައްމަދު ޖިނާޙް އަލީ
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ހަމަޖައްސަވައިފިއެވެ.
މިކަމާއި ގުޅޭގޮތުން އަދި ދުންޔާ މައުމޫނުގެ ބަހެއް ވަނީ ނުލިބިފައެވެ. ދުންޔާ މައުމޫނު ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ނަމަވެސް އަދި އެވުޒާރާގެ މިނިސްޓަރުކަމަށް ބޭފުޅަކު ހަމަޖައްސަވާފައެއްނުވެއެވެ.
ދުންޔާ މައުމޫނު ވަނީ ރައީސް މައުމޫނުގެ ފަހު ދައުރުގައި ފޮރިން މިނިސްޓަރީގެ ނައިބުކަން ވެސް ކުރައްވާފައެވެ. އަދި އެކަމަނާއަކީ ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން ދާދިފަހުން އުފެއްދެވި ޕީ.ޕީ.އެމް.ގެ ކައުންސިލް މެމްބަރެއް ވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ