ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ކުރިއަށްދާ ޝަރީއަތަށް އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން ހާޒިރުވުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުގައި މިވަގުތު ވީނިއުސްގެ ރިޕޯޓަރު ބުނީ މިއަދު ފެށުނު ޝަރީއަތުގެ އަޑުއެހުން ވަގުތުކޮޅަކަށް މެދުކަނޑާލާފައިވާ ކަމަށާއި، ކޮމިޝަނުގެ މެންބަރުން ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ހާޒިރުވާން އެންގި ސަބަބުން އަދި ސާފުވެފައި ނުވާ ކަމަށާއި ފަނޑިޔާރުންވެސް ވަކި ސަބަބެއް ވިދާޅުވެފައި ނުވާ ކަމަށެވެ.
ޝަރީއަތުގެ އަޑުއެހުން މިއަދު 11:00 ޖެހިއިރު ފަށާފައިވާއިރު، މިއަދަކީ މިމައްސަލައިގައި ބާއްވާ ހަތްވަނަ އަޑުއެހުމެވެ.
އިލެކްޝަންސް ކޮމިޝަނުގައި ހިމެނޭ ފަސް މެންބަރުންނަކީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބް ރައީސް އަހްމަދު ފަޔާޒު ހަސަންއާއި، މެންބަރު އިބްރާހީމް ވަހީދު (އޮގަރު ވަހީދު)އާއި، މެންބަރު މުހައްމަދު ފާރޫގުއާއި އަދި މެންބަރު އަލީ މުހައްމަދު މަނިކު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައި މިވަނީ ސުޕްރީމް ކޯޓުން އިންތިހާބު ފަސްކޮށް އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވަނިކޮށް އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ބާރަށް ކުރިއަށްދާ ކަމަށް ކޮމިޝަނުގެ މެންބަރުން އިއްޔެ ވިދާޅުވެފައިވަނިކޮށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުން އިންތިހާބު ފަސްކުރުމަށް ނެރެފައިވާ އަމުރާ މެދު ސުވާލު އުފެދޭ ގޮތަށް ކޮމިޝަނުގެ މެންބަރުން ވަނީ ވާހަކަ ދައްކާފަ އެވެ.
އިލެކްޝަނުގެ ފަސް މެންބަރުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ