މެމްބަރ ނާޒިމުގެ މައްސަލަތައް ކޯޓުން ބޭރުކޮށްލައިފި

ބަނދަރު ބައްތިތަކެއް ގަތުމުގައި ކުރީގެ އެޓޯލްސް މިނިސްޓްރީން ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަނުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީޙުގެ ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ނާޒިމުގެ މައްޗަށް ދައުވާނުކުރެވޭނެކަމަށް ހޯމަ ދުވަހު ހުކުމް ކުރުމަށް ފަހު، އޭނާގެ މައްޗަށް ޖިނާއީ ކޯޓުގައި އުފުލައިފައިވާ ހުރިހާ ދައުވާއެއްގެ މައްޗަށް ވެސް ދައުވާނުކުރެވޭކަމަށް ކަނޑައަޅައި މިއަދު ހުކުމްކޮށްފި އެވެ.
ގާޒީ ސައީދު އިބްރާޙީމް މި ފަހަރުގެ ހުކުމުގައި ބުނެފައިވަނީ ނާޒިމު ބުނެގެން ބަޔަކު ޖިނާއީ ކުށެއް ކުރުމަކީ ނާޒިމުގެ މައްޗަށް ކުށް ސާބިތުކުރެވޭނެކަމެއް ނޫން ކަމަށެވެ.
ނާޒިމުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ނާޒިމް ކުށްވެރިނުވާކަމަށް ހޯމަ ދުވަހު ޖިނާއީ ކޯޓުން ހުކުމްކޮށްފައިވާއިރު، އެ ދުވަހުވަނީ ތިމަރަފުށި ދާއިރާގެ މެމްބަރ މުހައްމަދު މުސްތަފާގެ ހިއްސާވާ ކުންފުންޏަކުން ނަގާފައިވާ ލޯނެއް ނުދައްކާ އޮތް މައްސަލައެއްގައި މުސްތަފާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި މަޖިލީހުގެ ގޮނޑި ގެއްލިގެން ކަމަށް ސުޕްރިމް ކޯޓުން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ