ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލާ ގުޅިގެން ނޫސްވެރިންގެ މަސްދަރު ހާމަ ކުރަން ނުޖެހޭގޮތަށް މަޖިލީހަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިއަދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަލީ ވަހީދު ވިދާޅުވީ ނޫސްވެރިން ކުރާ މަސައްކަތް ބައިގަންނަ ކަމަށާއި ނޫސްވެރިކަން މާރާލައިގެން ރާއްޖެ ކުރިނާރާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
"ނޫސްވެރިން ކުރާ މަސައްކަތް އަޅުގަނޑުމެން ބައިގަންނަން، މަސްދަރުގެ މައްސަލާގައި، މަސްދަރު ހާމަކުރަން ނުޖެހޭގޮތަށް އަލުގަނޑު އިސްލާހު ލާނަން އަދި މިހާރު ޕާލަމެންޓަރީ ގްރޫޕުން ތާއީދު ހޯދައިފިން، އަޅުގަނޑުމެންނާ ދިމާލަށް ކިތައްމެ ފާޑެއްކިޔަސް، ނޫސްވެރިކަން މަރާލައިގެން ރާއްޖެ ކުރިއަކަށް ނާރާނެ،" މެމްބަރު އަލީ ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް ދިމާވެފައިވާ ފައިސާގެ މައްސަލަތަކާއި ގުޅިގެންވެސް މެމްބަރު އަލީ ވަހީދު ވާހަކަދެއްކެވިއެވެ. އަދި ވިދާޅުވީ ދައުލަތުގެ މީޑިއާ ރަނގަޅުގޮތުގައި ހިންގަން ޖެހޭކަމަށާއި އެތަން ހިންގަން ބޭނުންވާ ފައިސާ ވަކިބައެއްގެ ނުފޫޒުން ދޫނުކޮށް ނުހިފެއްޓޭނެކަމަށެވެ.
މިަޖިޅިހުގެ އިމްތިޔާޒުތާކައި ބާރުތަކުގެ ބިލާ ގުޅިގެން ދައުލަތުގެ ބަންޑަރަ ނައިބު (އޭޖީ) ވަނީ އެބިލާ ގުޅިގެން ދިމާވާ ގާނޫނީ އިޖުރާތަތްތައް ފާހަގަ ކުރައްވާ ސްޕްރީމް ކޯޓަށް މައްސަލަވެސް ހުށަހަޅުއްވާފައެވެ. އަދި އޭޖީ ހުށަހެޅުވި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ވަނީ ތަދައްހުލްވެ އެމައްސަލާގެ ތެރެއަށް ވަދެފައިއެވެ.
މަސްދަރު ހާމަ ކުރަންނުޖެހޭ ގޮތަށް އިސްލާހު ހުށަހަޅާނަން: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ