މެމްބަރު ހުސެއިން ވަހީދުގެ ދަރިފުޅާއި އަންހެނުންގެ ހާލު ރަނގަޅު: އޭޑީކޭ

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނަށާއި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ ހާލު ރަގަޅު ކަމަށް އޭޑީކޭ އިން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ ޒަހަމްވި ދެ މައިންގެ ހާލު ރަގަޅު ކަމަށާއި އަދި ރޭގެ ވަގުތެއްގައި ވަޅިން ހަމަލާދިނުމާއި ގުޅިގެން ޒަހަމްވި މި ދެމައިންގެ ތެރެއިން ހާލުބޮޑުވި ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު އެކުއްޖާވެސް ރޫމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ފިލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި ހ.އަޒުމް ގޭގެ ތެރޭގައި އުފެދުނު އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ.
މިހާދިސާއާއި ގުޅިގެން އެދަމައިންގެ ގަޔަށް ވަޅިހަރައި ޒަހަމްކޮށްލި ހުސައިން ވަހީދުގެ އަންހެނުންގެ އެއް ބަފާ ބޭބެ މުހައްމަދު ނަޖާހު 30، ވަނީ ހައްޔަރުކޮށްފަ އެވެ. ނަޖާހަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ އަދި ކުރިންވެސް ހުސައިން ވަހީދުގެ އަންހެނުންނަށް ހަމަލާދީގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.
ފުލުހުން ބުނީ މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ