ގުޅިން ކަރަންޓް ކެނޑި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ

ކ. ގުޅިން އިއްޔެ ކަރަންޓް ކެނޑި 24 ގަޑިއިރުވީ އިރު ވެސް ކަރަންޓު ނުލިބޭތީ ރަށުގެ ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ކައުންސިލްގެ ރައީސް އަބްދުﷲ ވާރިޝް މިއަދު ވިދާޅުވީ އިއްޔެ މެންދުރެއްހާ އިރު އެ ރަށުން ކަރަންޓު ކެނޑުނީ ކަރަންޓް ދިނުމަށް ސްޓެލްކޯ އިން ބޭނުންކުރާ ދެ އިންޖީނު ހަލާކުވެގެން ކަމަށެވެ. އޭރުއްސުރެ މިއަދު މެންދުރުފަހު ދޭއް ޖެހުމާ ހަމައަށް ވެސް ކަރަންޓު ނުލިބެ އެވެ. ކަރަންޓު ނެތުމުގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ހިނގުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު އެ ރަށުގެ ވިޔަފާރިވެރިންނާއި ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ވަރަށް ދަތި ހާލުގައި ރައްޔިތުން އުޅެނީ. ވިޔަފާރިވެރިންގެ މުދާ ހަލާކުވެގެން އެ ޝަކުވާ ވެސް ލިބިފައި ވަނީ. އެކަމަކު ކަރަންޓް ލިބޭނެ އިރެއް އަދި ނޭނގެ،" ވާރިޝް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ