ތ. އަތޮލު ހޮސްޕިޓަލްގައި ހުރި ހަމަ އެކަނި ޑޮކްޓަރު، ލ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރުމަށް ހެލްތު މިނިސްޓްރީން ނިންމުމާ ގުޅިގެން ވޭމަންޑޫގައި މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެރަށުގައި މިހާރު ވެސް ހުރި ޑޮކްޓަރަކީ ހޭނައްތާ ޑޮކްޓަރެއް ކަމަށާއި، އެ ޑޮކްޓަރު ލ. އަތޮޅު ހޮސްޕޮޓަލަށް ބަދަލުކޮށްފި ނަމަ މުޅި ތ. އަތޮޅު ހާލުގައި ޖެހިގެންދާނޭ ކަމަށެވެ. އެހެންކަމުން މިއީ ސަރުކާރަށް އަޑު އިއްވުމަށްކުރާ މުޒާހަރާއެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އިންޑިއާގެ އެ ޑޮކްޓަރު ހޮސްޕިޓަލްގައި މަސައްކަތްކުރާތާ ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. އަދި ރައްޔިތުންގެ ރުހުމާއި ލޯބި އެ ޑޮކްޓަރަށް ވަނީ ލިބިފައެވެ.
"އޭނަ ހުރިހާ ކަމެއް ވެސް ކުރަނީ. އާންމު ބަލި ވިޔަސް، ކަށީގެ ބައްޔެ ވިޔަސް، އެހެން ކަމެއް ވިޔަސް ފަރުވާ ދެނީ އޭނަ. ވަރަށް ރަނގަޅު ޑޮކްޓަރެއް އެއި. އެކަމަކު ވަހީދު ލ. އަތޮޅަށް ވަޑައިގަންނަވާތީ އެތާ ހޮސްޕިޓަލަށް އެންމެން ހަމަކުރަން ޖަމްޝީދު މަސައްކަތް ކުރައްވަނީ މި ޑޮކްޓަރު އެތަނަށް ގެންދަން. އަޅުގަނޑުމެން އެހެން އެކަންތައް ވިޔަ ނުދޭނަން. އަޅުގަނޑު ސަރުކާރަށް ގޮވާލަން ނިންމުން އަނބުރާ ގެންދިއުމަށް." ވޭމަންޑޫއިން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ލ. އަތޮޅު ފެރީ ގިނަ ދުވަހު ހުއްޓިފައި އޮތުމުގެ ސަބަބުން ބޮޑުކަމެއް ދިމާވެއްޖެޔާ މާލެ ދާން 30،000 ރުފިޔާ ޚަރަދު ކުރަން ޖެހޭކަމަށެވެ. އަދި ލ. އަތޮޅަށް ދިޔަކަމުގައި ވިޔަސް 5000 ވަރު ޚަރަދުވާކަމަށެވެ. ތ. އަތޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް 16،000 ރައްޔިތުންނެވެ.
މ. މުލީގައި ހުރި، ހޭނައްތާ ޑޮކްޓަރަކު ދ. ކުޑަހުވަދޫ އަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބަދަލުކުރަން އުޅުމުން އެ ރަށުގައި ވެސް މުޒާހަރާކުރި އެވެ.
ހޭނައްތާ ޑޮކްޓަރު ގެންދާތީ ވޭމަންޑޫ ރައްޔިތުން މުޒާހަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ