މިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ބެހޭ ގޮތުން އެއްވެސް ކޯޓަކުން އިތުރު ގޮތެއް ނިންމާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު މީޑިއާތަކާއު ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވި ގާނޫނީ ހަމަތަކުޔގެ މަތިން ކަމަށާއި އެކަން މުޅި ދުނިޔެ ވެސް ޤަބޫލު ކޮށްފައިވާ ކަމަށެވެ.
އިންތިހާބުގެ ވަގުތީ މަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށް އޭގެ ހަފްލާއެއް ފަހުން ދާއިމީ ނަތީޖާ ވެސް އިއުލާނުކޮށް ނިންމިއިރު ވެސް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ނަމަވެސް އޭގެ މާފަހުން ކުއްލިއަކަށް މައްސަލަތަކެއް ފެންމަތިވެގެން އިންތިހާބު ގޯހޭ ބުނި ނަމަވެސް އެކަން އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ކަމަށާއި އެއީ ދުނިޔޭގެ ޤައުމުތަކުންނާއި ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަން ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ އެއްވެސް ކޯޓަކުން ވެސް އެކަމާ ދޭތެރޭ އިތުރު ގޮތަކަށް ނިންމަވާނެ ކަމަކަށް ޤަބޫލެއް ނުކުރެއްވޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އިންތިހާބު ބާތިލު ކުރަން އެއްވެސް ކޯޓަކުން ނިންމާނެ ކަމަށް ގަބޫލެއް ނުކުރަން- ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ