އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 10 ދާއިރާއަށް އެއް ކެންޑިޑޭޓަކަށް ވުރެ އިތުރަށް ކުރިމަތި ލާފައި ނުވުމުން 10 ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާއި ނުލާ ކަށަވަރު ވެއްޖެއެވެ.
މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރުމަށް ނިންމާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވެގައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 އަށެވެ.
މައުލޫމަތު ލިބިފައިވާގޮތުގައި ފ ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުންވަނީ ފޯމް ހުށަހަޅާފައެވެ. އަދި 10 ދާއިރާއަކަށް އެއް ކެނޑިޑޭޓަކަށް ވުރެ އިތުރަށް ވާދަކުރުމަށް ހުށަހަޅާފައެއް ނުވެއެވެ.
އެހެންކަމުން އެ 10 ދާއިރާގެ ޓިކެޓަށް ވާދަ ކުރުމަށް ހުށަހެޅި ކެންޑިޑޭޓުންނަށް ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ލިބޭނެއެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރުމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވީ ނަމަވެސް ސުންގަޑި ހަމަވިއިރު ވާދަކުރަން ހުށަހެޅީ ކިތައް ފޯމްކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިހަބަރާއި ގުޅޭގޮތުން އެމްޑީޕީގެ ބަހެއްވެސް އަދި ނުލިބެއެވެ.
އެމްޑީޕީ ޕްރައިމަރީ: ކުރިމަތިލީ 86 ދާއިރާއަށް، 10 ދާއިރާގެ ޓިކެޓް ކަށަވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ