މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއްވެސް ބަޔަކަށް މަޖިލީހުގެ ސާފު މެޖޯރިޓީ ނުލިބޭނެކަމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ މަޖިލިސް ކެމްޕެއިން ފެއްޓުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ޑރ ޖަމީލު ވާދަކުރައްވަނީ ވިލިމާލޭ ދާއިރާ އަށެވެ.
ގާސިމް ވިދާޅުވީ އަންނަ މަޖިލިސް އިންތިހާބުގައި އެއްވެސް ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެ ކަމުގައެވެ. އަދި ރާއްޖެއަށް ރަނގަޅު ގޮތަކީވެސް ސަރުކާރު ޒިންމާދާރު ކުރެވޭނީވެސް އެއްވެސް ބަޔަކަށް މަޖިލީހުގެ ސާފު މެޖޯރިޓީ ނުލިބުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ރޭވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އަދި ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންގެ ބޭފުޅެއްގެ ގޮތުގައި ކަމަށާއި ރައީސް ހުންނަވާނީވެސް އެގޮތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ޞާލިޙް މަސައްކަތް ކުރައްވާނީ ވަކި ޕާޓީއެއް އިސްކުރުމެއްނެތި، ހުރިހާ ޕާޓީއަކަށްވެސް ހަމަހަމަކޮށްކަމަށް ޔަގީން ކުރައްވާ ކަމުގައެވެ.
އެއްވެސް ބަޔަކަށް މަޖިލިސް މެޖޯރިޓީއެއް ނުލިބޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ