ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބުނެފައިވަނީ އިމްރާންގެ ފަރާތުން އެ ކޯޓަށް ހުށައަޅާފައިވާ މަައްސަލަ ބަލައި، ގޮތެއް ނިމެންދެން، އޭނާގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުމުގައި އިސްކޮށް އުޅުއްވުމުން، ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގައެވެ.
އަދި އެ ހުކުމަށް 2016 ގައި ހައި ކޯޓުން ވެސް ތާއީދުކުރިއެވެ. އިމްރާން ސަލާމަތްކުރަން ސުޕްރީމް ކޯޓަށް އިމްރާންގެ ވަކީލުން ހުށައެޅުމުން އެ ކޯޓުން ނޮވެމްބަރު 22، 2017 ގައި ނިންމީ މައްސަލަ ބަލައި ނުގަތުމަށެވެ.
އަލުން އިމްރާންގެ ވަކީލުން މިދިއަ މަހު 24 ގައި ހުށައެޅީ، ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާކޮށްދިނުމަށެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރަން އުފެއްދި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ އިމްރާން މިހާރު ހުންނެވީ ގޭ ބަންދުގައެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ އެކު އޭނާ މިހާރު އެވަނީ ވަގުތީ ގޮތުން މިިނިވަންވެފައެވެ.
ޝެއިހް އިމްރާން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ