ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިނިވަންވުމުން އުފަލުން ރޮވިއްޖެ ކަމަށާއި ރައީސް ޔާމީން އެވަނީ ސިޔާސީގޮތުން މަރުވެފައި ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް މިއަދު ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން އަހަރަށްވުރެ ގިނަ ދުވަހު ޖަލަށްލާފައި އެވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ އަނިޔާވެރިކަމުން ކަމަށެވެ. އަދި އެންމެން ޖަލަށް ލައިގެން ވެރިކަމުގެ ބާރުތައް ނުހިފެހެއްޓޭނެކަން ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ.
އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައި ވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށެވެ.
ކާނަލް ނާޒިމް މިނިވަންވުމުން އުފަލުން ރޮވިއްޖެ: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ