ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެންބަރ ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖލީހުގެ ރައީސްކަމަށް އިންތިޚާބުވެގެންދިޔުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ލިބިގެންދިޔަ ވަރުގަދަ އުންމީދެއްކަމަށް ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް ވިދާޅުވީ އިއްތިހާދުގެ ހަތަރު ލީޑަރުންގެ ތެރެއިން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމަކީ ރައްޔިތުންގެ އިތުބާރާއި، ޔަގީންކަން އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށްލިބިގެންދިޔަކަމެއްކަމަށެވެ.
ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސްކަމަށް މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ ތަނަވަސް އަގްލަބިއްޔަތުން އިންތިޚާބުކޮށްފައިވާތީ އެމެންބަރުންނަށާއި ގާސިމް އިބްރާހީމް އަށް ޑރ ޖަމީލް ވަނީ ވަރަށް ވަރަށްބޮޑަށް ހޫނުމަރުހަބާއެއް ކިޔައިފައެވެ.
ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3ވަނަ ދައުރުގެ 6ވަނަ ޖަލްސާ އިންނެވެ.
ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ވޯޓްގައި ބައިވެރިވެވަޑައިގެންވި 80 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ ވޯޓުންނެވެ.
މަޖލީހުގެ ރައީސްކަމަށް ގާސިމް ހޮވުމަކީ އިންތިޚާބީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން ލިބުނު ވަރުގަދަ އުންމީދެއް: ޑރ ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ