މައުމޫން ގޭ ބަންދަށް ބަދަލު ކުރަން ހުރަސް އަޅާތީ ޝިހާންގެ މައްސަލަ ޕޮލިހަށް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު ޝިހާންގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ކުރީގެ ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް މައުމޫނުގެ ގާނޫނީ ވަކީލަކު ވިދާޅުވީ ރައީސް މައުމޫނުގެ ސިއްހީ ހާލުކޮށް ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް ޑޮކްޓަރުން މީގެ ކުރިންވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.
ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް މިމަހުގެ 25 ވަނަ ދުވަހު ކަރެކްޝަނަލްގެ މެޑިކަލް ބޯޑުން ލަފާ ދެއްވާފައިވާއިރުވެސް އެއަށް އަމަލު ނުކުރައްވާ ކަމަށް ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އެއީ އެންޓި ޓޯޗާގެ އަމަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންވެ އެކަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް ގާނޫނީ ވަކީލު ވިދާޅުވިއެވެ. އޭގެ އިތުރުން ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގަވާފައިވާ ކަމަށް ގަބޫލުކުރެވޭތީ އެކަން ވެސް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ