މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަނެ، ފައިސާ ނުދައްކާ ހުރި ބިލްތަކަށް މަސްވެރިންނަށް ފައިސާ ދައްކާނެކަން މަސްވެރިންނަށް އަންގާފައިވާކަމަށް މަސްވެރިން ބުނެފިއެވެ.
"ގެމަނަފުށި މަސްވެރިން" ޓްވިޓާގައި ހާމަކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ 9:00 އިން ފެށިގެން މިފްކޯ އިން މަސްވެރިންނަށް ފައިސާ ދޫކުރަން ފައްޓާނެއެވެ. އެހެން ކަމުން ހުރިހާ މަސްވެރިން ޗިޓަށް ފައިސާ ހޯދުމަށް ކޫއްޑޫއަށް ދިއުމަށް އެދޭ ކަމަށް ގެމަނަފުށީ މަސްވެރިން ބުނެއެވެ.
މިފްކޯ އިން މަސްވެރިންނަށް 10 މިލިއަނަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހޭއިރު, ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ދަށްވުމާ ގުޅިގެން މިފްކޯއަށް ލިބެމުންދިޔަ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ވަނީ ގާތްގަނޑަކަށް 620 މިލިއަން ރުފިޔާ ދީފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު 25 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ.
މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ މިފްކޯ އިން ދައްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ