މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ތައްޔާރު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖުމްހޫރީ ޕާޓީން ތައްޔާރުވެއްޖެ ކަމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ވެރިކަން ލިބުނީމާ މިފަހަރުވެސް ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލީމާ ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާންޖަހަން ކަމަށެވެ.
"މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރުވެއްޖައިން. އިންޝާﷲ" ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ