ޕިޕީއެމްގެ ނައިބް ރައީސް ކަމަށް ޣައްސާން މައުމޫން

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އެ ޕާޓީގެ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ހަމަޖައްސައިފި އެވެ.
ޣައްސަން މައުމޫން އެޕާޓިގެ ނައިބް ރައީސްގެ މަގާމަށް އައްޔަން ކޮށްފައިވާއިރު، ގައްސާން ވަނީ މިމަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދައިރާގެ ގޮނޑި ކާމިޔަބު ކުރައްވާފަ އެވެ.
ޣައްސަން މައުމޫންގެ އިތުރުން އެޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ ހައުސިން މިިސްޓަރު މުހައްމަދު މުއިއްޒާއި، ނައިފަރު ދާއިރަގެ މެމްބަރު އަހްމަދު ޝިޔާމާއި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ.
މިކަން ހާމަކުރެއްވީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ޕީއެންސީ އުފެއްދުމަށް ފަހު އެޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ކުރިން ޕީޕީއެމްގެ ނައިބް ރައީސުންގެ ގޮތުގައި ތިއްބެވީ އަބްދުއްރަހީމާއި އާޒިމާ ޝަކޫރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ޣައްސާން އައްޔަން ކޮށްފައިވާއިރު، ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވަނީ ގޮވާލައްވާފަ އެވެ. ޕީޕީއެމްއަކީ ވަރަށް ކުރު މުއްދަތެއްގައި، ރާއްޖޭގެ ވެރިކަމާއި ހަމައަށް ދަތުރުކުރި ޕާޓީއެއް ކަމަށާއި އަދި އެ ޕާޓީން މިހާތަނަށް ހޯދި ހުރިހާ ކާމިޔާބެއްގެ ހައްގުވެރި ފަރާތަކީ ޕާޓީގެ އާންމު މެންބަރުން ކަމަށް ވިދާޅުވެ، ޕީޕީއެމް ރިފޯމް ކުރަންޖެހޭ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.
މީގެ އިތުރަށް ނިހާން ވިދާޅުވެފައިވަނީ ޣައްސާން މައުމޫން ޕީޕީއެމްގެ ލީޑާޝިޕަށް ކަމު ނުދާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގެނައުމަށް ވެސް ނިހާން ވަނީ ތާއީދު ކުރައްވާފަ އެވެ.
ޣައްސާންގެ ބޮޑުބޭބޭ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އާއި ޣައްސާންގެ ބައްޕަ، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ހިޔާލު ތަފާތުވެ ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމް ނެންގެވުމުންވެސް ރިޔާސީ އިންތިޚާބުގައި ޔާމީން ނާކާމިޔާބުވެވަޑައިގަތުމާ ހަމައަށް ޣައްސާން ހުންނެވީ ރަޢީސް ޔާމީނާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ