ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށައި، އަދި ޓްވިޓާ އާއި ޔޫޓިއުބް މެދުވެރިކޮށް އެ ޝަރީއަތްތައް ލަައިވް ކުރަން އެ ކޯޓުން ނިންމުމުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އެ ނިންމުމަށް މިއަދު ތައުރީފު ކުރަައްވައިފި އެވެ.
ސިޕްރީމްކޯޓުން އޮންލައިންކޮށް ޝަރީއަތްތައް ބާއްވަން ނިންމި ޚަބަރު ހިއްސާކުރައްވަމުން ރިފްއަތުު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ތާރީޚީ ބޮޑު ބަދަލެއް ކަމަށާއި ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޝަރީއަތްތައް އަވަސްވެ، އިންސާފު ހޯދަން ހިނގަން ޖެހޭ މަގު ކުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ. ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފް ލިބޭކަން އިހުސާސް ކުރެވޭނެ،" ޓްވީޓްގައި ރިފްއަތު ވިދާޅުވި އެވެ.
ބޭނުންބޮޑު ތާރީޚީ ބަދަލެއްް:ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވޭ. އަދި ޝަރީޢަތް އަވަސްވެ، އިންޞާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ. ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީޢަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންޞާފް ލިބޭކަން އިޙުސާސްކުރެވޭނެ. https://t.co/DpswSMsrra— I.Riffath (@ibriffath) May 19, 2020
އޭޖީ ރިފްއަތުގެ ޓްވީޓްސުޕްރީމް ކޯޓުން މިއަދު ނެރުނު ގަވާއިދުގައިވާ ގޮތުން މީހުން ކޯޓަށް ހާޒިރުކުރުން ރައްކާތެރި ނޫން ހާލަތްތަކުގައި އެ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށެވެ.
SC ge shareeai thah online koh fashai, twitter aai youtube in live kuranee
Mihaaru
އަދި ހާލަތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރާ ކޯޓު ރޫމުގައި ނުވަތަ އެ ނޫން އެހެން ތަނެއްގައި ވެސް ފަނޑިޔާރުން ތިބެގެން އެފަދަ އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައިވެ އެވެ. އެކަމަކު ކޮންމެ ތަނެއްގައި ތިބެގެން އަޑުއެހުންތައް ކުރިއަށް ގެންދިޔަޔަސް، ވަކީލުން ކޯޓު ފަޓުލޫނުގައި ތިބެން ޖެހޭއިރު، ފަނޑިޔާރުން ތިބޭނީ ގައުނު ތުރުކުރައްވައިގެން ކަމަށް އެ ގަވާއިދުގައިވެ އެވެ
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންކޮށް، އޮފީސްތައް ބަންދު ކޮށްފައިވާތީ އާންމު އުސޫލުން ޝަރީއަތްތައް އޮތީ މެދުކަނޑާލައިފަ އެވެ. މީގެ ކުރިން ބައެއް ކޯޓުތަކުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދަނީ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާ އެކު، އެކަމަކު ފަނޑިޔާރުން ކޯޓުގައި ތިއްބަވައިގެންނެވެ.
ސުޕްރީމް ކޯޓުން އޮންލައިންްކޮށް ޝަަރީއަތް ބޭއްވުމަކީ ތާރީޚީ ބަދަލެއް: އޭޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ