މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
މީގެއިރުކޮޅެއް ކުރިން ކަރަންޓް ކެނޑިފައިވަނީ ގަލޮޅާއި ހެންވޭރުގެ ބޮޑު ސަރަހައްދަކުންނެވެ.
ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާތީ އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަރަންޓް ކެނޑެން މެދުވެރިވި ވަކި ސަބަބެއް ވެސް އަދި މައްސަލަ ހައްލުވާނެ ވަކި ވަގުތެއްވެސް ސްޓެލްކޯ އިން އަދި ބުނެފައެއް ނުވެ އެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން މިދިޔަ ހޯމަ ދުވަހުވެސް ވަނީ ކަރަންޓް ކެނޑިފަ އެވެ.
ހުޅުމާލޭގެ ބޮޑު ބަޔަކުންވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ އެތައް ގަޑިއިރަކަށް ކަރަންޓް ކެނޑިފަ އެވެ.
ހުޅުމާލެއާއި މާލެއިން ދޭތެދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނަމުން ދިޔަ ނަމަވެސް އެމައްސަލައަށް އެދެވޭ ހައްލެއް ނުލިބެ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ