ފުލިދޫ ކަރަންޓުގެ މައްސަލަ ހައްލުކޮށްފިން: ސްޓެލްކޯ

ވ. ފުލިދުއައް ކަރަންޓު ފޯރުކޮށްދެމުން ދިޔަ ދެ ޖަނަރޭޓަރު ފެއިލްވެ އިއްޔެ އެރަށުން ކަރަންޓު ކެނޑިފައިވިޔަސް މިހާރު އެކަން ހައްލުކޮށްދީފައި ވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ އެސިސްޓެންޓު ޑިރެކްޓަރު އަބްދުﷲ ނާޒިރު މިއަދު 'ސަން' އަށް ވިދާޅުވީ، ފުލިދުއަށް އިތުރު ޖަނަރޭޓަރެއް ގެންގޮސް މިހާރު ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައި ވާ ކަމަށެވެ.
"މިހާރު އާ ޖަނަރޭޓަރެއް ގެންގޮސް، ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދީފައި ވާނީ " ނާޒިރު ވިދާޅުވި އެވެ.
ފުލިދޫގައި ކަރަންޓު ފޯރުކޮށްދެމުން ދިޔަ ދެ ޖަނަރޭޓަރު ފެއިލްވެ، އެރަށުން ކަރަންޓު ކެނޑިފައި ވަނީ އިއްޔެ މެންދުރުފަހު 2:30 ހާ އިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ