ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ފަށައިފިއެވެ.
ޑީޖޭއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑީޖޭއޭއިން ކަމަށް އެޓާނީ ޖެނެރަލް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
Twitter Embeded
މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކަމުގައި، އެޓަރނީ ޖެނެރަލްއިބްރާހީމް ރިފްޢަތު ކަނޑައަޅުއްވީ މިދިޔަ އޮކްޓޫބަރުމަހުގެ 8 ވަނަ ދުވަހުގައެވެ.
މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ އިދާރާއެއް ކަނޑައެޅިގެންދިޔުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ފާހަގަކުރެ އެވެ.
ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުން ޑީޖޭއޭ އިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ