ލޮނުޒިޔާރަތް ޕާކްގައި ޚާއްސަ ޔޯގާ ސެޝަންތަކެއް ކުރިއަށްގެންދަނީ

މާލޭގައި ތަރައްގީކޮށްފައިވާ ލޮނުޒިޔާރަތް ޕާކްގައި ޚާއްސަ ޔޯގާ ސެޝަންތަކެއް ކުރިއަށްގެންދާގޮތަށް ހަމަޖައްސައިފިއެވެ.
ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހުކުރު ދުވަހެއްގެ ހެނދުނު 6-7 އަށް މި ސެޝަންތައް އޮންނާނެއެވެ. މިއީ އިންޑިއަން ކަލްޗަރަލް ސެންޓަރ އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޔޯގާ ސެޝަންތަކުގެ ބައިވެރިން އަމިއްލަ ޔޯގާ މެޓްތަކާއި، ފެންފުޅި ގެންދަން ވަނީ އެދިފައެވެ. މި ސެޝަންތަކުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.
މިއަދުވެސް ވަނީ މި ހަރަކާތް ލޮނުޒިޔާރަތް ޕާކްގައި ކުރިއަށް ގެންގޮސްފައެވެ.
ފޮޓޯ: މިހާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ