މަރަދޫ ދާއިރާގެ މެންބަރު ޝަރީފް އެކްސިޑެންޓްވެ އަނިޔާވެއްޖެ!

މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް (މަވޯޓާ ޝަރީފް) އެކްސިޑެންޓްވެ އަނިޔާވެއްޖެއެވެ.
މިހާދިސާގެ މައުލޫމާތު ހިއްސާކުރައްވަމުން ޝަރީފްގެ ދަރިކަނބަލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު ޝަރީފު ސައިކަލުގައި އިންނަވަނިކޮށް ފަހަތުން އައި ޓެކްސީއަކުން ސައިކަލުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށާއި އެކްސިޑެންޓްގެ ސަބަބުން ޝަރީފަށް ކޮންމެސް ވަރެއްގެ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް  މިހާރު ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ޝަރީފް ގެއަށް ވަޑައިގެންފައިވާ ކަމަށްވެސް ޝަރީފްގެ ދަރިކަނބަލުން ބުނެފައިވެއެވެ.
My father @AdduShareef was involved in a road accident this evening when a reckless taxi driver hit his motorcycle from behind. People on the road were quick to help, and we are increasingly grateful for that. He has sustained somewhat serious injuries and is at home recovering.
— Mizna (@Mizners) October 7, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ