ނަސްރުގެ ސިއްރަކީ ރައްޔިތުން ދެއްކި އެއްބައިވަންތަކަން: މައުމޫނު

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ނަސްރު ލިބުމުގެ އެންމެ ބޮޑު ސިއްރަކީ ރައްޔިތުން ދެއްކި އެއްބައިވަންތަކަން ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަށް 32 އަހަރު ފާހަގަ ކުރާއިރު މި ދުވަހާއި ގުޅުވައިގެން ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝަހީދުވި އެންމެންގެ ހިތްވަރާއި ގައުމީވަންތަކަން ދިވެހިން މިއަދު ހަނދާން ކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
އަދި އެ ދުވަހު އިންޑިއާ އިން މިގައުމަށް ވެދިން އެހީއަށް މިއަދުވެސް ޝުކުރު ދަންނަވާކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.
Twitter Embeded
ރައީސް މައުމޫން ވިދާޅުވީ ގައުމަށްޓަކައި ޝަހީދުވި ލޮބުވެތި ދިވެހި ސިފައިން ނެތްނަމަ ނަސްރު ނުލިބޭނެ ކަމަށެވެ. އަދި ދިވެހިގައުމަށްޓަކައި ގުރުބާންވެ ޝަހީދުވެފައިވާ ދިވެހި ދަރީންގެ ފުރާނައަށް މާތްﷲ ހެޔޮ ރަހުމަތް ލެއްވުމަށާއި އެޝަހީދުންގެ އާއިލާތަކަށް ކެއްތެރިކަން ދެއްވުމަށް މައުމޫނުގެ ޓުވީޓުގައި ވަނީ ދުއާ ދަންނަވައިފަ އެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސް މައުމޫން ވަނީ އަރިސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ