ވޯލްޑް ކަޕަށް އެންމެ 17 ދުވަހަށް ވެފައިވަނިކޮށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް އަނިޔާގެ މައްސަލަތައް ކުރިމަތިވާން ފަށައިފި އެވެ.
އެމެރިކާ ލީގުގައި މިއަދު ފިލަޑެލްފިއާ ޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޓަމިއާމީގެ ކެޕްޓަން ވަނީ 73 ވަނަ މިނިޓްގައި އަމިއްލަ އަށް އެދިގެން ޗޭންޖިން ރޫމަށް ގޮސްފަ އެވެ. މިކަމާ ގިނަ ބަޔަކު ބުނަނީ މެސީ ބަދަލު ކުރަން އެދުނީ ފަލަމަސްގަނޑަށް ތަދުވެ، ކެތް ނުކުރެވިގެން ކަމަށެވެ. އަދި އޭނާގެ އަނިޔާގެ ތަފްސީލު އެނގޭނީ ޓެސްޓް ތަކަށް ފަހު ކަމަށެވެ.
ނަމަވެސް 38ގެ ފޯވަޑާ ބެހޭ ގޮތުން އޭނާގެ ޓީމުގެ ކޯޗު ގުއިލާމޯ ހޮޔޭސް ބުނީ މެސީ އަށް ބޮޑު އަނިޔާއެއް ވެއްޖެ ކަމަށް ބުނަން އަދި މާ އަވަސް ކަމަށެވެ.
"މިހާތަނަށް އަހަރެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެއްޗެއް ބުނަން އެނގޭނީ މެޑިކަލް ރިޕޯޓްތަކަށް ފަހު. އޭނާ އުޅުނު ވަރަށް ބޮޑަށް ތަދުވާތީވެ. އަދި އޭނާ ހުރީ ވަރަސް ވަރުބަލިވެފައ. (ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން) ދަނޑު އޮތީ ވަރަށް އުނދަގޫކޮށް. އެންމެ މުހިންމު ކަމަކީ ރިސްކެއް ނުނެގުން މިފަދަ ހާލަތެއްގައި،" ކޯޗު ބުންޏެވެ.
2023 ވަނަ އަހަރު މިއާމީ އަށް ބަދަލުވި ފަހުން މެސީ އެ ޓީމުގައި ކުޅެމުންދަނީ ވަރަށް ބޮޑަށް އަނިޔާގެ މައްސަލަތަކަށް ބަލައިގެންނެވެ. ސަބަބަކީ އަންނަ މަހު 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް ތަށި ދިފާއު ކޮށްދޭން ކުޅެން ތައްޔާރުވާތީ އެވެ.
ވޯލްޑް ކަޕުގައި އާޖެންޓީނާ ހިމެނެނީ އަލްޖީރިއާ އާއި އޮސްޓްރިއާ އާއި ޖޯޑަންއާ އެއް ގްރޫޕެއްގަ އެވެ.
ނާޒުކު ވަގުތެއްގައި މެސީ އަށް އަނިޔާގެ މައްސަލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ