ބ. ތުޅާދޫ ކައުންސިލުގެ ޑީއާރުޕީ މެމްބަރު އުމެއިރާ އެ ކައުންސިލުން ވަކިކުރުމާ މެދު ގޮތެއް ނިމެންދެން ތުޅާދޫ ބައި އިލެކްޝަން ފަސްކުރުމަށާއި އެ އިންތިހާބު ބޭއްވުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަނުން ކުރާ މަސައްކަތް ފަސްކުރުމަށް ކޯޓުން އަމުރު ނެރެފައި ވަނީ ދާދި ދެންމެއަކު ކަމަށެވެ.
ޑީއާރުޕީން ހައި ކޯޓަށް ހުށަހެޅި ދައުވާގައި ވަނީ ކޮމިޝަނުން ބައި އިލެކްޝަނެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ އެއްވެސް މުއައްސަސާއަކުން އަދި ޝަރުއީ ކޯޓަކުން ވެސް އުމެއިރާ މެމްބަރުކަމުން ވަކިނުކުރަނީސް ކަމަށެވެ.
އެހެންކަމުން އެ މަގާމު ހުސްވެފައިވާ ކަމަށް ބަލައި ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށް ޑީއާރުޕީގެ ދައުވާގައި އެދިފައިވެ އެވެ.
ތުޅާދޫ ބައި އިލެކްޝަން ފަސްކުރުމަށް އިލެކްޝަންގެ މައްޗަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ