ނޮޅިވަރަމް ދާއިރާގެ އަތޮޅު ކައުންސިލް ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބު ވެއްޖެ
ހދ. އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓް އިންތިޚާބުވެއްޖެ އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ނޮޅިވަރަމް ދާއިރާ އަށް ކުރިމަތިލާފައި ވަނީ ހދ. ނޮޅިވަރަންފަރު، ހިމޭން، ހުސައިން ހަސަން އެކަނި ކަމަށެވެ. އޭނާ ކުރިމަތިލެއްވީ އެމްޑީޕީގެ ޓިކެޓުގައި ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. އެހެންކަމުން ހުސައިން ހަސަން އެ ގޮނޑިއަށް އިންތިޚާބު ވެއްޖެކަން އާންމުކޮށް އިއުލާންކުރާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. ތ. ގުރައިދޫ ކައުންސިލަށް ކުރިމަތިލައްވާފައި ވަނީ ހަމައެކަނި ޕީޕީއެމްގެ ތިން ކެންޑިޑޭޓަކު ކަމަށްވާތީ އެ ތިން ކެންޑިޑޭޓުން އިންތިޚާބު ވެއްޖެކަމަށް ވެސް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. ތ. ގުރައިދޫ ކައުންސިލަށް އިންތިޚާބުވި ކެންޑިޑޭޓުން 1. ނައުފަލް ހަސަން، ގެމާ، ތ. ގުރައިދޫ 2. އަލީ ރަޝީދު، ފިނިރޯޅި، ތ. ގުރައިދޫ 3. ތައުފީގު އަލީ، ހުދުވެލި، ތ. ގުރައިދޫ މ. ރަތްމަންދޫ ކައުންސިލާއި ރ. ކިނޮޅަހު ކައުންސިލަށް ކުރިމަތިލާފައި ވަނީ ހަމައެކަނި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓެއް ކަމުގައިވާތީ އެ ތިން ކެންޑިޑޭޓުން އިންތިޚާބު ވެއްޖެކަމަށް ވެސް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. މ. ރަތްމަންދޫ ކައުންސިލަށް އިންތިޚާބުވި ކެންޑިޑޭޓުން 1. ހުސައިން ޚަލީލް، ހަނދުވަރީގެ، މ. ރަތްމަންދޫ 2. އަލީ ރިޔާޒް، ޝާހިލް، މ. ރަތްމަންދޫ 3. ގާސިމް އަބްދުﷲ، އޯސަންލީޑް، މ. ރަތްމަންދޫ ރ. ކިނޮޅަހު ކައުންސިލަށް އިންތިޚާބުވި ކެންޑިޑޭޓުން 1. އަބްދުލް މަޖީދު ހަސަން، ހަވޭލި، ރ. ކިނޮޅަސް 2. އަހުމަދު ހުސައިން، ފެހިވިލާ، ރ. ކިނޮޅަސް 3. ވާފިރު އަހުމަދު، ޖަންބުގެ، ރ. ކިނޮޅަސް އދ. ދިއްދޫ ކައުންސިލަށް ކުރިމަތިލާފައި ވަނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އެއް ކެންޑިޑޭޓަކު ކަމުގައިވާތީ އެ ތިން ކެންޑިޑޭޓުން އިންތިޚާބު ވެއްޖެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. ރ. ކިނޮޅަހު ކައުންސިލަށް އިންތިޚާބުވި ކެންޑިޑޭޓުން 1. ހުސައިން ޔޫސުފް، އިވްނިންގްޕެރިސް، އދ. ދިއްދޫ (ޕީޕީއެމް) 2. އަބްދުއްރަހީމް މުހައްމަދު، ސައްދާމުވިލާ، އދ. ދިއްދޫ (ޕީޕީއެމް) 3. ޣައްސާން އަބްދުﷲ، ނޫވިލާގެ، އދ. ދިއްދޫ (އަމިއްލަ) އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 1487 ކެންޑިޑޭޓުން ވާދަކުރާ އިރު، އޭގެ ތެރެއިން 1124 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން 363 ކެންޑިޑޭޓުން ވާދަކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ