ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ މައްސަލާގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
މަރިޔަމް ވަހީދުގެ މައްސަލާގައި ޖޭއެސްސީއަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ ސްޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން ކަމަށްވާތީ ކަމަށް ބުނެއެވެ.
މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ނުކުރެވޭނެކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން އަމުރެއް ނެރުނީ ވ ބޮޑުމޮހޮރާގެ މައްސަލާގައި ގާޒީ ކުރި ހުކުމަކާއި ގުޅިގެންނެވެ. އެ މައްސަލާގައި މަރިޔަމް ވަހީދު އިއްވި ހުކުމް ވެސް ސްޕްރީމް ކޯޓުންވަނީ ބާތިލުކޮށްފައެވެ.
ގާޒީ މަރިޔަމް ނިހާޔަތު އިއްވި ހުކުމަކާ ގުޅިގެން ސްޕްރީމް ކޯޓުން ގާޒީގެ ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާއިރު، ފަނދިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަކީ ޖެއެސްސީގެ މަސްއޫލިއްޔަތެކެވެ.
ގާޒީ މަރިޔަމްގެ މައްސަލާގައި ކުރެވޭނެ ކަމެއް ނެތް: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ