މާދަމާ ފެށުމަށް ނިންމާފައިވާ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތްވެސް ފަސްކުރުމަށް ނިންމައިފިއެވެ.
ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާގެ ސަބަބުން އެ މުބާރާތް ފަސްކުރަން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމެއްގައި ދާދި ދެންމެއެވެ.
އެ އެސޯސިއޭޝަނުން ބުނީ މުބާރާތް ދެން ބާއްވާނެ ތާރީހެއް ފަހުން އިޢުލާން ކުރާނެ ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން މިގޮތަށް ނިންމާފައިވާ އިރު، އެފްއޭއެމް އާއި ހޭންޑްބޯލް މޯލްޑިވްސް އިންވެސް ވަނީ އެ އިދާރާއިން ބާއްވާ މުބާރާތްތައް ފަސްކުރުމަށް ނިންމާފައެވެ.
އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ފަސްކުރަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ