މެތެއަސް ކޫނާގެ ދެ ލަނޑާއި ވިނީޝިއަސް ޖޫނިއާގެ ލަނޑުން ފުރަތަމަ ހާފުގައި ހޯދި ލީޑު ދަމަހައްޓައި، 3-0އިން ހައިޓީ ބަލިކޮށް ގްރޫޕް ސީގެ އެއްވަނައަށް ބްރެޒިލް މިއަދު އަރައިފި އެވެ.
ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ނުކުޅެވި މޮރޮކޯއާ އެއްވަރުވުމުން މި މެޗާ މެދު ބްރެޒިލްގެ އުއްމީދު އޮތީ ބޮޑުވެފަ އެވެ. އެހެންކަމުން މިއީ މި ވަގުތު ބްރެޒިލްއަށް ހިތްހަމަޖައްސާލެވެން އޮތް ނަތީޖާއެކެވެ.
ރޭ ސްކޮޓްލެންޑް އަތުން 1-0 އިން މޮރޮކޯ މޮޅުވުމާ އެކު ބްރެޒިލް އާއި މޮރޮކޯ ވަނީ ހަތަރު ޕޮއިންޓުން އެއްވަރުވެފަ އެވެ. އެކަމަކު ފައިދާ ތިން ގޯލާ އެކު އެއްވަނާގައި އޮތީ ބްރެޒިލް އެވެ.
ގްރޫޕްގެ ފަހު ދެ މެޗު އެއްވަގުތެއްގައި ކުޅޭ އިރު މިއީ ވަރަށް ވާދަވެރި ހިފުމަކަށް ވާނެ އެވެ. ސްކޮޓްލެންޑް ވެސް ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާފައި ވުމާ އެކު ގަދަ 32ގެ ޖާގަ އަދި ނުގެއްލެ އެވެ.
ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ސްކޮޑްލެންޑާ ދެކޮޅަށެވެ. މޮރޮކޯ ކުޅޭނީ މިހާރު މުބާރާތުން ކަޓާފައިވާ ހައިޓީއާ އެވެ.
ފަސޭހަ މޮޅަކާ އެކު ބްރެޒިލް ގްރޫޕްގެ އެއްވަނައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ