50 މޭލަށް ވައިގަަދަވާނެ ކަމަށް ފަލާކޮށް އިންޒާރު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 50 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާކޮށް ހުދު އިންޒާރު ނެރެފިއެވެ.
މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ރ އަތޮޅުން ތ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަަމށެވެ.
މި އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 20:00 އަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ