ރަށު މީހަކަށް ވެގެން ވަކި މީހަކަށް ވޯޓް ދޭކަށް ނުޖެހޭ: ރައީސް ނަޝީދު

ރަށު މީހަކަށް ވެގެން ވަކި އެމީހަކަށް ވޯޓް ދޭން ނުޖެހޭ ކަމަށާއި ވޯޓް ދޭން ވަނީ ވަރަށް ވިސްނާފަކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް ބައެއް ރަށްރަށުން ދަނީ ރަށު މީހެއް ނުވަތަ ދާއިރާގެ މީހެއް މަޖިލީހަށް ހޮވުމަށް ގޮވާލަމުންނެވެ. އަދި އެކަމަށް މީސްމީޑިއާގައި އެންމެ ވަރުގަދައަށް ކެމްޕެއިންކޮށްފައިވަނީ ކުޅުދުއްފުށީގެ ރައްޔިތުންނެވެ.
އެމްޑީޕީ ޓިކެޓްގައި ރ. އަލިފުށި ދާއިރާއަށް ވާދަކުރައްވައި ކެނޑިޑޭޓް މުހައްމަދު ރަޝީދު ހުސެއިންގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއުޅެނީ ރަށުގައި ހުރި ރުކެއް އަޅާކަށް ނުވަތަ ފަޅުތެރޭގައި އޮތް އޮޑިއެއް އެހެލާކަށް ނޫން ކަމަށެވެ.
“މިއުޅެނީ ރަށު މީހެއް ހޯދަށްކަށް ނޫން. ރަށުގައި ހުރި ރުކެއް އަޅާލާކަށް ނޫނޭ. މިއުޅެނިކީއެއް ރަށު މީހެއް ހޯދާކަށް ނޫނޭ. މިއުޅެނިކީއެއް ފަޅުތެރޭގައި އޮތް އޮޑިއެއް އެހެލާކަށް ނޫން.” ރ އަނގޮޅިތީމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަށު މީހަކަށްވެގެންވެސް ނުވަތަ އާއިލާ މީހަކަށްވެގެންވެސް ވޯޓްދީގެން މިކަމެއް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއުޅެނީ ކަނޑައެޅިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތާއި ޕާޓީގެ ނިޒާމު ހިންގަން ކަމަށެވެ. އަދި ވޯޓް ދެއްވަން ޖެހޭނީ ޖީބަށް އެންމެ ރަނގަޅުގޮތަކަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ