ހުޅުމާލޭގައި ފޭސް 1 ގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ހުޅުމާލޭގައި މިރޭ ހަވާ އަރުވާނީ 9:30ގައި ކަމަށެވެ. އަދި ހަވާ އަރުވާނީ ހުޅުމާލެ ފޭސް 1 ގެ ދިރާގު ސަރަހައްދުގައި ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މި ހަރަކާތް ކުރިއަށް ދާނީ ގާތްގަނޑަކަށް 3 މިނެޓަށް ކަމަށާ، މިއީ އަމިއްލަ ފަރާތެއްގެ އެދުމަށް ސިފްކޯއިން ވިޔަފާރި އުސޫލުން ބާއްވާ ހަވާ އެރުވުމުގެ ހަރަކާތެއް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު މަޖިލިސް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހަށް އިންތިޚާބުވި ބައެއް މެންބަރުންވެސް އަންނަނީ އެކަމުގެ އުފަލުގައި ހަވާ އަރުވަމުންނެވެ.
އެގޮތުން ޕީއެންސީ ބޮޑު ޖަލްސާގައި ހަވާ އެރުވިއިރު ބައެއް ރަށް ރަށުގައިވެސް ހަވާ އެރުވުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.
ހުޅުމާލޭ ފޭސް 1 ގައި މިރޭ ހަވާ އަރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ