އަދީބު އަނބުރާ ރާއްޖެ ގެނެވޭނެކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން - ސީޕީ ހަމީދު

އަޙުމަދު އަބީދުގެ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދިޔަކަމުގައި ވިޔަސް، މުއްދަތު ހަމަވުމުން، އަނބުރާ ރާއްޖެއަށް އަބީދު ގެނެވޭނެކަން، ޕޮލިސް ސާރވިސްގެ ފަރާތުން ކަށަވަރުކުރައްވާނެ ކަމަށް، ކޮމިޝަރަ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.
ހަމީދު މިހެން ވިދާޅުވީ، އަަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގައި މިހާރު ކުރިއަށްދާ، ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޙުމަދު ޢަބްދުލްޣަފޫރަކީ ދަޢުލަތުގެ މަޞްލަޙަތު ހިމެނޭ ވަރަށް ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވޭ ފަރާތެއްކަމަށްވާތީ، އަދި މިހާރުވެސް ހިނގަމުންދާ މައްސަލަތަކެއްގައިވެސް ހިމެނޭ ފަރާތަކަށްވާތީވެ، އަޅުގަނޑުމެންގެވެސް ދައުރެއް އެބަ އޮތް، އަދީބު ސަލާމަތީ ކަންކަން ހަމަޖެއްސުމާއި، އެނބުރި ރާއްޖެ އަންނާނެކަން ކަށަވަރުކޮށް އެކަންކަން ރަނގަޅަށް ބެލުމަށް" ހަމީދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، އަދީބާއެކު ފުލުހުންނާއި ކަރެކްޝަންގެ އޮފިސަރުން ދާނެ ކަމަށެވެ. އަދި އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކާއިވެސް އެ މައުލޫމާތު ހިއްސާކުރެވިފައިވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ
މިނިސްޓަރ އިމްރާން ވިދާޅުވީ، އަދީބު ބޭރަށް ފުރުވަން ޖެހެނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޮންމެެހެން ބޭރަށް ފޮނުވަން ޖެހޭތީ ކަމަށެވެ. އަދި އަދީބު ބޭސް ފަރުވާއަށް ފުރުވާލަނީ އެހެން މީހަކަށް ހަމަޖެއްސިފައިނުވާ ހަރުދަނާކޮށް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
"އިރާދައްކުރެއްވިއްޔާ އަހުމަދު އަދީބު ފިލުމަކަށް ޕޮލިސް ސާވިސް އަދި ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެއްވެސް ފުރުސަތެއް އިރާދަކުރެއްވިއްޔާ ނުދޭނަން". މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އަދީބުގެ މައްޗަށްކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމުން ސަލާމަތް ވެފައިވާ ވީ ނަމަވެސް، އަދީބުގެ މައްޗަށް ދައުވާކުރާ ވަރަށް ގިނަ މައްސަލަތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ