އައްޑޫގައި ވެސް ސްކޫލް ކުދިންނަށް ފެރީ އާއި ބަހުގެ ހިދްމަތް ހިލޭ

އައްޑޫގައި ސްކޫލު ކުދިންނަށް ހިލޭ ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް ދޭން ނިންމައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އޮޕަރޭޓް ކުރާ އައްޑޫ ޓްރާންސްޕޯޓު ލިންކުން ބުނީ ހިލޭ ފެރީ އާއި ބަހުގެ ހިދުމަތް ލިބޭނީ ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށް ކަމަށެވެ. އަދި ދެއަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީ ދިވެހި ރައްޔިތުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަަށް ވެސް އެ ހިދުމަތްތައް ހިލޭ ލިބޭނެ ކަމަށް ޓްރާންސްޕޯޓު ލިންކުން ބުނެއެވެ.
ކުރިން ފޭދޫ އާއި މަރަދޫ އަދި މަރަދޫ ފޭދޫގެ ދަރިވަރުން އައްޑޫ ހައި ސްކޫލަށް ދިއުމަށް ބަހުގައި ދަތުރުކުރަނީ 300 ރުފިޔާ ދީގެންނެވެ. އަދި ހުޅުދޫ މީދޫ ސްކޫލް ތަކުގެ ދަރިވަރުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދަނީ ވެސް ފެރީ އާއި ބަހުގެ ހިދުމަތަށް ފައިސާ ދީގެންނެވެ.
އައްޑޫ ޓްރާންސްޕޯޓު ލިންކުން އެ ނިންމުން ނިންމާފައި މިވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ސްކޫލު ސްކޫލު ކުދިންނަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ނިންމުމާއެކު އައްޑޫގައި ބަހުގެ ހިދުމަތް ދެމުން އަންނައިރު ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުނުކުރެވޭތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ