އަލް ހަރަމައިން ގްރޫޕުން އިތުރަށް ފައިސާ ނެގި މައްސަލައެއް ބަލަނީ

އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދިން ވަރަށް ވުރެ ގިނައިން މީހުންގެ އަތުން ފައިސާ ނަގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އަލް ހަރަމައިން ގްރޫޕަށް ހުއްދަ ދިނީ 69،965 ރުފިޔާ ހައްޖަށްދާ މީހުން އަތުން ނެގުމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މިއަދު ވިދާޅުވީ މި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު އާންމު ފަރާތަކުން މިނިސްޓްރީ އަށް ހުށަހަޅުމުން ފުލުހުންގެ ސަމާލުކަމަށް މި މިއްސަލަ ގެނެސްފަައިވާ ކަމަށެވެ.
ޝާފިއު ވިދާޅުވީ އަލް ހަރައިމަން ގްރޫޕުން އިތުރަށް ފައިސާ ނެގުމާ ގުޅިގެން އެ ގްރޫޕުގެ އިސްވެރިން ހާޒިރުކޮށް އިތުރަށް ފައިސާ ނެގިތޯ ސުވާލު ކުރުމުން އެ ފަރާތުން އިތުރަށް ފައިސާ ނަގާފައިނުވާ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ