ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ފޮތެއް ނެރެފި

ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ފޮތެއް ނެރެފި އެވެ.
"އޭވިއޭޝަން އިން ދަ މޯލްޑިވްސް: ހިސްޓޮރިކަލް ޕާސްޕެކްޓިވް" ގެ ނަމުގައި ނެރުނު މި ފޮތަކީ އައްޑޫ ހިތަދު އަށް ނިސްބަތްވާ އަހުމަދު މުހައްމަދު ލިޔުއްވި ފޮތެކެވެ.
އޭނަގެ ފޮތް ނެރެދެއްވީ މީރުމާގައި ބޭއްވި ހަފުލާއެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
މި ފޮތް ޚާއްސަކޮށްފައި ވަނީ ރާއްޖޭގައި ފުރަތަމަ އުފެދުނު އޭވިއޭޝަން ދާއިރާގެ ޕްރޮފެޝަނަލުންނަށެވެ. އެގޮތުން ފޮތުގައި ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށިގެން އައި ގޮތާއި 1903 ގައި ރާއްޖޭގައި އަލަށް މަތިންދާބޯޓެއް ދުއްވަން ފެށުމާއި އޭގެ ފަހުން ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް އަންނަމުން އައި ބޮޑެތި ބަދަލުތަކާއި ކުރިއެރުންތަކުގެ ވާހަކަ ގެނެސްދީފައިވެ އެވެ.
އަހުމަދުގެ ފޮތުގައ ވަނީ މީގެ 81 އަހަރު ކުރިން އައްޑޫގެ ގަމުގައި "ވީލް ބޭސްޓް" އެއާކްރާފްޓެއް ދުއްވުމާއި ދަގަނޑު ރަންވޭއެއްގައި ރާއްޖޭގެ އެއާޕޯޓުގައި ފުރަތަމަ މަތިންދާބޯޓެއް ޖެއްސި ޖެއްސުމުގެ ވާހަކަތައް ވެސް ހިމަނާފައިވެ އެވެ.
ފޮތާ ބެހޭ ގޮތުން އަހުމަދު ވިދާޅުވީ މިއީ ތިން އަހަރު ދުވަހުގެ މަސައްކަތް ކަމަށެވެ. "އޭވިއޭޝަން އިން ދަ މޯލްޑިވްސް: ހިސްޓޮރިކަލް ޕާސްޕެކްޓިވް" ގައި 12 ޗެޕްޓަރު އެކުލެވެ އެވެ.
އަހުމަދު ވިދާޅުވި ގޮތުގައި މި ފޮތަކީ ކިޔުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބޭނެ ފޮތަކަށްވާނެކަމުގެ އުންމީދު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ