މޯލްޑިވިއަންއިން ކޮޗިންނާއި ޓްރެވިންޑްރަމްއަށް އިތުރު ދަތުރުތަކެއް ކުރަނީ

ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތައް ޓްރިވެންޑްރަމް އަދި ކޮޗިންއަށް އިތުރުކޮށްފި އެވެ.މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ ހަވަނަ ދުވަހާއި 10 ވަނަ ދުވަހާއި 20 ވަނަ ދުވަހު ޓްރެވިންޓްރަމްއަށް އިތުރު ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލެއިން ޓްރިވެންޑްރަމްއަށް ރޭގަނޑު 19:35 އަށް ޝެޑިއުލް ކޮށްފައިވާއިރު، ޓްރިވެންޑްރަމްއިން މާލެއަށް އައުމަށް ޝެޑިއުލްކޮށްފައިވަނީ 22:20 އަށެވެ. މޯލްޑިވިއަންއިން ކޮޗިންއަށް ފްލައިޓްތައް އިތުރުކުރީ މެއި، 8 އާއި މެއި، 17 އާއި މެއި، 21 އަދި ޖޫން، 19 ގައި ދަތުރު ކުރުމަށެވެ.މިގޮތުން މާލެއިން ކޮޗިންއަށް ރޭގަނޑު 19:35 އަށް ދަތުރު ކުރުމަށް ޝެޑިއުލް ކުރިއިރު، ކޮޗިންއިން މާލެއަށް ދަތުރު ކުރުމަށް ޝެޑިއުލްކުރީ 22:35 އަށެވެ.މޯލްޑިވިއަންއިން ފްލައިޓްތައް އިތުރު ކުރަމުން އަންނައިރު، މެއި، 9 ގައި ފުނަދޫއަށް ވެސް އިތުރު ފްލައިޓެއް ބާއްވަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ