އޭދަފުށީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި އޮންނަތާ 4 ގަޑިއިރު!

ބ. އޭދަފުށި، ރަށުގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ދަނީ ކަރަންޓް ކަނޑަމުން އޭދަފުށީގެ
ހުޅަނގު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި އޮންނަތާ 4 ގަޑިއިރަށް
ވުރެ ގިނަ އިރު ވެއްޖެއެވެ.
މިކަމާބެހޭ
އެއްވެސް ނޯޓިސްއެއް މިރަށު އިންޖީނުގެއިން މިހާތަނަށް އާންމެއް ނުކުރެއެވެ.
ކަރަންޓު
ކެނޑެމުންދާ މައްސަލައިގައި މައުލޫމާތު ހޯދުމަށް އޭދަފުށީ އިންޖީނުގޭގެ
އިސްވެރިންނަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
އޭދަފުށީގެ ހުޅަނގު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި ވަނީ އެ ސަރަހައްދަށް ކަރަންޓް ދޫކުރުމަށް ބޭނުންކުރާ މައި ކޭބަލެއް ހަލާކުވެގެންކަމަށްވެ އެވެ. މައްސަލަ ހައްލުކުރުމަށް
ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު ބައެއް ސަރަހައްދުތަކަށް
މިހާރު ވަނީ ކަރަންޓު ދީފައެވެ.
މިދިޔަ
ހަފްތާ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެތައް ފަހަރެއްގެ މަތިން
ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެ، ރައްޔިތުންގެ ޝަކުވާތައް ގިނަވެ،
ކަންބޮޑުވުން ފާޅުކުރިއެވެ.
އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިފަދަ މައްސަލަތައް ދިމާވާއިރު އެންގުމަކާ ނުލައި ކުއްލިއަކަށް ކަރަންޓް ކަނޑާލުމުން އަގު ބޮޑު އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވަމުންދާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ